Ministry of Social and Family Development Logo

އިސްރައްވެހިން

ބެޑްރިޑަން ޕްރޮގްރާމް

މިއީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައި، އެފަރާތްތަކަށާއި، އެފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި، އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޞިއްޙީ ވުޒާރާއާއި، މި ވުޒާރާގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

Decorative Image

ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް

އުމުރުން ދުވަސްވުމާއެކު ދިމާވާ އެކި ބަލިތަކާއި، އެފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ބަލިމީހުން ބެލެހެއްޓުމުގައި އާއިލާގެ ފަރާތުން ބޭނުންވާ ސަމާލުކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް "އުފާވެރި ރާސްތާ" އަދި "ރަންވޭލާ" ނަމުގައި ހިންގޭ ޕްރޮގްރާމްތަކެއް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވެއެވެ.

Decorative Image

އިސްރަށްވެހިންގެ ނާދީ

އިސްރަށްވެހިންގެނާދީ ތަކަކީ، މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރު ކުރުމަށް މަގުފަހިކޮށްދިނުމަށާއ،ި އިސްރަށްވެހިންނަށް އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށާއ،ި އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމަށާއ،ި އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަ ރަކާތްތައް ހިންގުމަށް މި ވުޒާރާގެ ބެލުމުގެ ދަށުން ޤާއިމު ކުރެވިފައިވާ މަރުކަޒުތަކެއް

An Elderly Lady reciting a madhaha in Hulhumale' Naadhee