މަހޯލި
މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރާ މަޢުލޫމާތު
އިދާރާގެ ދައުރު/މަސްއޫލިއްޔަތުތައް/ވާޖިބުތައް
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މެންޑޭޓް
އިދާރާގެ އޮނިގަނޑު
ރިވައިޒް ކުރަމުން ދަނީ
ރައްޔިތުންނަށް ދީފައިވާ ނުވަތަ ދެމުންދާ ޚިދުމަތްތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
ޝަކުވާ އުފުލޭނެ އުސޫލު
ޝަކުވާތައް ތިރީގައިވާ ވަސީލަތްތައް މެދުވެރިކޮށް ސީދާ ހުށަހެޅޭނެއެވެ:
އީމެއިލް
ގުޅޭނެ ނަންބަރުތައް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހޮޓްލައިން: 1433
ގެވެށި އަނިޔާއާއި އިޖުތިމާޢީ ޚިދުމަތުގެ ހެލްޕް ލައިން: 1421
ކުޑަކުދިންގެ ހެލްޕްލައިން: 1412
އޮފީހުގެ އެޑްރެސް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
2ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް
އޯކިޑްމާ ހިނގުން، ހުޅުމާލެ
އިތުރު މަޢުލޫމާތުތައް އެމް.އެސް.އެފް.ޑީ (MSFD) ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ޝަކުވާ ހުށަހަޅާ ޕޯޓަލް (Complaints Portal) މެދުވެރިކޮށް އޮންލައިންކޮށްވެސް ޝަކުވާ ހުށަހެޅޭނެއެވެ.
ލިޔެކިޔުންތައް ބެލެހެއްޓުމުގައި ޢަމަލުކުރާގޮތް
- މުޢާމަލާތްތައް ، ޝަކުވާތައް، ނުވަތަ ޚިދުމަތަށް އެދޭ ހުށަހެޅުންތައް ތިރީގައިވާ ކޮންމެ ވަސީލަތެއް މެދުވެރިކޮށް ބަލައިގަތުން:
- އީމެއިލް
- ސީދާ އޮފީހަށް ވަޑައިގެން
- ފޯނު މެދުވެރިކޮށް
- ސިޓީ މެދުވެރިކޮށް
- ވެބްސައިޓުގެ ޝަކުވާ ހުށަހަޅާ ބައި މެދުވެރިކޮށް
- ލިބޭ ޝަކުވާތަކާއި، ޚިދުމަތަށް އެދި ހުށަހަޅާ ހުށަހެޅުންތައް ލިބުނުކަމުގެ އެސް.އެމް.އެސް (SMS) މެދުވެރިކޮށް ދިނުން.
- ޓިކެޓެއް އުފައްދައި، އެއާ ގުޅޭ މަޢުލޫމާތުތަކާއި ލިޔެކިޔުންތައް "ޓީ.އެމް.ޓީ.އެސް" (TMTS) ޓިކެޓިންގ ސިސްޓަމަށް އެންޓަރ ކުރުން.
- ކޮންމެ ޓިކެޓަކަށް ރިފަރެންސް ނަންބަރެއް ދޫކުރުން.
- އެ ޓިކެޓެއް ގުޅޭ ވަކި ޑިޕާޓްމަންޓަކަށް ނުވަތަ މުވައްޒަފަކަށް އެސައިން (assign) ކުރުން.
- ޚިދުމަތް ފުރިހަމަކުރުމަށްފަހު، ޒިންމާދާރު މުވައްޒަފު ޓިކެޓް ކްލޯޒް (close) ކުރުން.
- މަހު، ކުއާޓަރ އަދި އަހަރީ ރިޕޯޓުތައް ތައްޔާރުކުރުން.
އިދާރާއިން ގެންގުޅެ ބަލަހައްޓާ މަޢުލޫމާތު
އާންމުކޮށް ޕަބްލިޝްކުރާ މަޢުލޫމާތުގެ ބާވަތް
ކުޑަކުދިންނާށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު
އިދާރާއިން ގެންގުޅެ ބަލަހައްޓާ، އާންމު ނުކުރާ ލިޔެކިޔުންތައް
މި ލިޔެކިޔުންތަކަކީ ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ޢާންމުކޮށް ހާމަނުކުރެވޭނެ މަޢުލޫމާތެއްކަމުގައި ދަންނަވަމެވެ.
- އެމްޕްލޯއިމަންޓް ރަޖިސްޓްރީ ފޯ ޕާރސަން ވިތް ޑިސެބިލިޓީސް
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ މަޢުލޫމާތު
- ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓަރކުރެވޭ ކުދިންގެ މަޢުލޫމާތު
- މިނިސްޓްރީއަށް ހުށަހެޅޭ ކޭސްތަކާއި ގުޅޭ މަޢުލޫމާތު
ތަފާސްހިސާބު
މިއިދާރާއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް، ކޮންމެ މަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމުގައިވާ ފޭސްބުކް (Facebook) އަދި އެކްސް (X) މެދުވެރިކޮށް ޢާންމުކުރެވޭނެއެވެ. އަދި މި ތަފާސްހިސާބުތައް https://msfd.gov.mv/other/statistics މި ލިންކުން އަބަދުވެސް ބަލައިލެވޭނެއެވެ.
މި ވުޒާރާއަށް ހުށަހެޅޭ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި ޢާއިލާތަކާއި ގުޅުންހުރި މައްސަލަތަކުގެ ތަފާސްހިސާބު
ޗައިލްޑް ހެލްޕްލައިން 1412 އަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދު، މި ކުދިންގެ ތެރެއިން ރި-އިންޓަރގްރޭޓް އަދި ފޮސްޓަރ ކުރެވޭ ކުދިންގެ ތަފާސްހިސާބު
މި ވުޒާރާގެ ފަރާތުން ދޭ ކައުންސެލިންގ އަދި ސައިކޮސޯޝަލް ސަޕޯޓްގެ ތަފާސްހިސާބު
މަޢުލޫމާތައް އެދުމުގައި ޢަމަލުކުރަންވީ އުސޫލު
އީމެއިލް
ގުޅޭނެ ނަންބަރުތައް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހޮޓްލައިން: 1433
ގެވެށި އަނިޔާއާއި އިޖުތިމާޢީ ޚިދުމަތުގެ ހެލްޕް ލައިން: 1421
ކުޑަކުދިންގެ ހެލްޕްލައިން: 1412
އޮފީހުގެ އެޑްރެސް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
2ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް
އޯކިޑްމާ ހިނގުން، ހުޅުމާލެ
އިތުރު މަޢުލޫމާތުތައް އެމް.އެސް.އެފް.ޑީ (MSFD) ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ޝަކުވާ ހުށަހަޅާ ޕޯޓަލް (Complaints Portal) މެދުވެރިކޮށް އޮންލައިންކޮށްވެސް ޝަކުވާ ހުށަހެޅޭނެއެވެ.
އިދާރާއިން ޢަމަލުކުރާ ޤާނޫނުތައް/ ގަވާއިދުތައް
އިދާރާއިން ޢަމަލުކުރާ އުސޫލުތައް ނުވަތަ ހަމަތައް
މި އިދާރާއިން ޢަމަލުކުރާ އުސޫލުތަކާއި ހަމަތަކަކީ، މި ވުޒާރާއަށް ބާރު ލިބިދޭ ގާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ އުސޫލުތަކެކެވެ.
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ނިންމާފައިވާ ނިންމުންތައް
އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް
ވަކި ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި ޢަމަލު ކުރާ އުސޫލުތައް ކަނޑައެޅުން
ރައްޔިތުންގެ ޚިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށެއެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް
އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓު
އިދާރާއިން ކުރަން ރާވާފައިވާ މަސައްކަތްތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް:
- އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގެ ގޮތުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުނަރު ދަސްކޮށްދިނުމާއި، ތަމްރީން ޕްރޮގްރާމުތައް ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ލުއި ފަސޭހަކަން ހޯދައިދިނުމާއެކު، އެހެން މީހުންނަށް ބަރޯސާނުވެ މުއާމަލާތުކުރެވޭނެކަން ކަށަވަރުކުރުމަށް ސައިން ލެންގުއޭޖް ޕްރޮގުރާމު ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ޤާނޫނުން އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަޔާންކުރާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް ވަކާލާތުކުރާ އެކި ފަރާތްތަކާއި ގުޅިގެން ހިންގާނެ ހަރަކާތްތައް ހިމެނޭ 'ނެޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން' ތަންފީޛުކުރުން.
- ރިވެލި 2026
- ޑިސްއެބިލިޓީ ކައުންސިލްގެ މަސައްކަތްތައް
އިސްރަށްވެހިން:
- އިސްރަށްވެހިންގެ ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، 'އުފާވެރި ރާސްތާ'ގެ ނަމުގައި ފަށާފައިވާ ޕުރޮގުރާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޕުރޮގުރާމު ހިންގުން.
- އިސްރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް، ކައުންސިލްތަކާ ގުޅިގެން، އިސްރަށްވެހިންގެ ނާދީތައް ޤާއިމުކުރުން.
- ދާންމަތިވެފައިވާ އިސްރަށްވެހިންނަށް ޒިޔާރަތްކޮށް ހާލު ބަލައި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އިސްރަށްވެހިން ދުޅަހެޔޮކަމާއި އަބުރުވެރިކަމާއެކު މުޖުތަމަޢުގެ މުހިއްމު ބައެއްގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިކުރުމަށްޓަކައި އެކުލަވާލެވުނު 'އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު' އާއި 'ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ' ތަންފީޛުކުރުން.
- އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ ޑިޖިޓަލް އަދި ފައިނޭންޝިއަލް ލިޓަރަސީ ޕްރޮގްރާމު ހިންގުން.
- އުމުރުން ދުވަސްވީ މީހުންނާއި ގުޅޭ ދުވަސްތައް ފާހަގަކުރުން.
މިންތީގެ ހަމަހަމަކަން ގާއިމުކުރުން:
- ސިޔާސީ މައިދާނުގައިއާއި، އިޤްތިސާދީގޮތުން އަންހެނުން ބާރުވެރިކުރުމަށް، އެކި އެކި ޕްރޮގްރާމުތައް ހިންގުން.
- ދައުލަތުގެ އިދާރާތަކުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ބާރުއެޅުމަށާއި، ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުމުގެ ޒިންމާތައް މަތިކުރެވޭ ފަރާތްތައް (މޯލްޑިވިއަން ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން) ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކާއި މިނިވަން މުއައްސަސާތަކުގައި ވަނީ ހަމަޖެއްސުން.
- އަންހެނުންގެ ޙައްޤުތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއެކު، ޖެންޑަރ ސެންސިޓައިޒޭޝަން ސެޝަންތައް ކުރިއަށް ގެންދިއުން.
- ޔޫ.އެން.ޑީ.ޕީއާ ގުޅިގެން، ގެވެށިއަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ވިޔަ ނުދިނުމަށް ޔޫތް ޕިއަރ އެޑިއުކޭޓަރުން ތަމްރީން ކުރުމަށް 'އެކު އެކީ'ގެ ނަމުގައި ފަށާފައިވާ ޕުރޮގުރާމު ހިންގުން.
- ޖެންޑަރ ސީލް ޕްރޮގްރާމު ތަންފީޛުކުރުން
- 'ޖެންޑަރ އިކުއަރލިޓީ އެކްޝަންޕްލޭން' ރިވިއުކޮށް އަޕްޑޭޓްކުރުން.
- އިޖުތިމާޢީ ޢަދާލާތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައި ވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނައި، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުން.
- 16 ޑޭޒް އޮފް އެކްޓިވިޒަމް
- ރެހެންދި އެވޯޑް
ކުޑަކުދިންނާއި ޢާއިލާތައް:
- ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަޤީންކުރުމަށް 'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ޕްރޮގުރާމު ހިންގުން.
- ކުޑަކުދިންނާއި ޢާއިލާތަކާއި ގުޅުންހުރި ދުވަސްތައް ފާހަގަކުރުން.
- ކުއްޖާގެ މަސްލަހަތު އިސްކުރުން ޕްރޮގްރާމު
- ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނާއި ސެންސިޓައިޒޭޝަން ޕްރޮގްރާމުތައް ހިންގުން.
- ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވުމަށް ހެދިފައިވާ، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ރެސްޕޮންޑިންގ ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރެން ތަންފީޛުކުރުން.
- ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް، އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް، 'އިބަމަ' ޕްރޮގުރާމު ހިންގުން.
- 'ހާލު ކިހިނެއް؟' ޕްރޮގްރާމުގެ ދަށުން ރައްޔިތުން ގާތަށް ޒިޔާރަތްކޮށް، މާލީ، ޞިއްޙީ އަދި އިޖުތިމާޢީ އެހީ ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
އިދާރާއިން ކުރަން ރާވާފައިވާ މަސައްކަތްތަކަށް ހިނގާނެ ޚަރަދުތައް
| Program Name | Total Allocated Amount (MVR) |
|---|---|
| CBR | 75,000.00 |
| Disability Council | 190,245.00 |
| Employment for PWDs | 8,571.00 |
| HK | 1,210,580.00 |
| IBAMA | 69,944.00 |
| Legal | 401,127.00 |
| PFA | 23,211.00 |
| Training | 1,672,636.00 |
| Ufaaveri Raasthaa | 18,549.00 |
| Total | 3,669,863.00 |
އިދާރާއިން ނިންމާ ނިންމުންތައް އޮންނަ މަރުޙަލާތައް
ޕޮލިސީ ލެވެލްގައި ނިންމަވާ ނިންމެވުންތައް ކަމާ ގުޅުންހުރި ސެކްޝަން/ޑިޕަރޓްމަންޓް/ފަރާތްތަކަށް ހިއްސާކޮށް، އެފަރާތްތައް މެދުވެރިކޮށް އެ މަސައްކަތުގެ ޓައިމްލައިން ހަދައި، ތަންފީޛުކުރުން.
އިދާރާއިން ޒިންމާ އުފުލުމަށް އޮންނަ ހަމަތައް
ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަހަރުގެ ކުއަރޓަލީކޮށް ރައްޔިތުންގެ މަޖިލީހަށް ރިޕޯޓެއް ފޮނުވުން، އެހެންނަމަވެސް މި ރިޕޯޓުއަކީ އާންމުކުރެވޭ މަޢުލޫމާތެއް ނޫން
އިދާރާ ޒިންމާދާރު ކުރުވަން ރޭވިފައިވާ ގޮތް
އިދާރާގެ ބޭރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ޗިލްރަންސް އޮމްބުޑްސް ޕަރސަންސް އޮފީހުން މަސައްކަތްކުރާކަން އަދި ހިއުމަން ރައިޓްސް ކޮމިޝަން މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އިން ފާރަވެރިވުމުގެ މަސައްކަތް ކުރެއެވެ.
އިންފޮރމޭޝަން އޮފިސަރުން

އިބްރާހިމް ޝިހާމް
އިންފޮމޭޝަން އޮފިސަރ info.officer@msfd.gov.mv 3027512

ނުހާ ޢަލީ ސިރާޖް
އިންފޮމޭޝަން އޮފިސަރ info.officer@msfd.gov.mv 3027512

ޢާއިޝަތު އިނާޝާ
އިންފޮމޭޝަން އޮފިސަރ info.officer@msfd.gov.mv 3027512

ޢާއިޝަތު ސާހާ ޢަބްދުލް ސަލާމް
އިންފޮމޭޝަން އޮފިސަރ info.officer@msfd.gov.mv 3027512


