Ministry of Social and Family Development Logo

ދިރާގުގެ ސީއެސްއާރުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް 230,380 ރުފިޔާ ހަދިޔާކުރައްވައިފި

ދިރާގުގެ ސީއެސްއާރުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް 230,380 ރުފިޔާ ހަދިޔާކުރައްވައިފި

Minister Dr Aishath Shihaam and CEO of Dhiraagu holding the donation money printed on a card board, another member from Dhiraagu stands behind Dhiraagu CEO

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިސްނެގުމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަމަޟާން މަހު ހިންގި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ޖުމްލަ 230,380 ރުފިޔާ ވަނީ ހަފިޔާކުރައްވާފައެވެ.

ދިރާގުގެ "ޑޮނޭޓް އޮން ދަ އެޕް" ކެމްޕެއިންގެ ތެރެއިން އެއްކުރެވުނު މި ފައިސާއަކީ، މާލެއާއި އަތޮޅުތަކުގައި ހުރި ހިޔާތަކުގައި ތިބޭ ކުދިންނަށް އެހީތެރިވުމުގެ މަޤުސަތުގައި އެއްކުރެވުނު ފައިސާއެވެ.

ދިރާގުން ވަނީ މި ފައިސާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރަސްމީކޮށް ހަވާލުކޮށްފައެވެ. މި ވުޒާރާގެ ފަރާތުން މި ފައިސާއާއި ހަވާލުވެވަޑައިގަތީ، ވަޒީރު ޑރ ޢާއިޝަތު ޝިހާމެވެ.