Ministry of Social and Family Development Logo

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިސްނަގައިގެން 'ކެޕޭ ސިޓީ ބިލްޑިންގ' ޕްރޮގްރާމެއް މި ވުޒާރާގައި ކުރިއަށް ގެންގޮސްފިގައި ކުރިއަ

Capacity building program participants and minister Dr.Aishath Shihaam with senior staffs of civil service commission posing for a group picture

2025 ވަނަ އަހަރުގެ ސިވިލް ސަރވިސް ޓްރެއިނިންގ ޑައިރެކްޓަރީގައި ހިމަނާފައިވާ 'މަންތްލީ ސްޕެޝަލް' ތަމްރީނުތަކުގެ ތެރެއަށް މުޅިން އަލަށް ތަޢާރަފުކުރި 'ކެޕޭސިޓީ ބިލްޑިންގ' ޕްރޮގްރާމެއް މި ވުޒާރާގައި ކުރިއަށް ގެންގޮސްފިއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިސްނަގައިގެން އިންތިޒާމުކޮށްފައިވާ މި ޕްރޮގްރާމަކީ ވުޒާރާތަކުގެ މުވައްޒަފުންނަށް ކޮންމެހެން ބޭނުންވާނޭ ތަމްރީނުތައް އެ ވުޒާރާ އަކުން ފާހަގަކުރުމަށްފަހު، ވީހާވެސް ގިނަ މުވައްޒަފުން ޝާމިލްކޮށްގެން ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. އަދި މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންގެ އަޚުލާޤާއި ސުލޫކު ބައްޓަންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފައެވެ.

މި މަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށްދިޔަ މި ޕްރޮގްރާމުގައި މިވުޒާރާއިން ހަތަރު ބެޗަކަށް ބަހާލެވިގެން ޖުމްލަ 290 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ވުޒާރާގައި ހިންގޭ މިފަދަ ޕްރޮގްރާމްތަކުގެ މައިގަނޑު މަޤުސަދަކީ، ވުޒާރާގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން، މުވައްޒަފުންގެ ކުރިއެރުމާ ތަރައްޤީއަށް ބާރުއެޅުމެވެ.