ވަޒީފާގެ ފުރުޞަޠު
ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ

މައިގަނޑު ތަފްޞީލު
- ބޭނުންވާ އަދަދު: 01 (އެކެއް)
- މަޤާމުގެ ގިންތި: ދާއިމީ
- މަޤާމުގެ ރޭންކު: ރޭންކް 8 - ސްޓެޕް 1
- މަޤާމުގެ ކްލެސިފިކޭޝަން: -
- ވަޒީފާ އަދާކުރަން ޖެހޭ ތަން: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް/ކ. ހުޅުމާލެ
- ސެކްޝަން: ކޭސް ވޯރކް ސުޕަވިޝަން ސެކްޝަން
- މުސާރަ: 14,126.00 ރުފިޔާ
- މަޤާމުގެ އެލަވަންސް: 6,592.00 ރުފިޔާ
- ޝޯޓްލިސްޓުކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އެހެނިހެން އެލަވަންސް
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ހާޟިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 178 ރުފިޔާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކުގެ ސުޕަވިޝަން އާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ހުށަހޭޅޭ މައްސަލަތަކުގައި، ކޭސް ވޯކަރުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަށް ކުރަމުންދާކަމާއި، ޕްރޮސީޖަރ މެނުއަލް އާއި އެއްގޮތަށް މަސައްކަތް ކުރަމުންދާކަން ސުޕަވައިޒްކޮށް މޮނިޓަރ ކުރުން.
- އަހަރުތެރޭގައި ކަނޑައެޅޭ ތާވަލާއި އެއްގޮތަށް ހުށަހެޅޭ މައްސަލަތައް މޮނިޓަރކޮށް، ސުޕަވިޝަން ހެދުމަށްފަހު، ލަފާދިނުން.
- ހަވާލުކުރެވުފައިވާ އަތޮޅަށް ހުށަހެޅޭ އެންމެހައި މައްސަލަތަކުގައި ކޭސް ވޯކަރުންނަށް ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.
- ހަވާލުކުރެވިފައިވާ ސެންޓަރުތަކަށް ހުށަހަޅޭ މައްސަލަތަކާއި ގުޅިގެން އެކި އިދާރާތަކުން ބާއްވާ ކޭސް ކޮންފަރެންސް ތަކުގައި ބައިވެރިވެ ނިންމާ ނިންމުތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން
- ހަވާލުކުރެވިފައިވާ ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ސެންޓަރަލް ލެވެލްގައި ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުން
- ހަވާލުކުރެވިފައިވާ ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޖަވާބުދާރީ ވާން ޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.
- ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކުގައި މަޝްވަރާކޮށް ލަފާ ދިނުމަށް ކޭސް ކޮންފަރެންސް ބޭއްވުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން އަމާންވެށީގައި ތިބޭ ކުދިންގެ ވޭދަނާއިގެ އެންމެހާ މަސައްކަތެއް އިސްކޮށް ބެލެހެއްޓުން
- އަމާންވެށީގައި ބަލަހައްޓަމުންދާ ކުދިންގެ ކެއަރ ޕްލޭންތައް އެކުލަވާލުމުގައި ކޭސްވަރކަރ އިންނާއި ގުޅިގެން ކުރުމާއި އެ މަސައްކަތް އިސްކޮށް ބެލެހެއްޓުން.
- ކުދިންގެ ކެއަރ ޕްލޭންތަކުގައި ކަނޑައެޅޭ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ކުރަންޖެހޭ ވޭދަނާގެ އެންމެހައި މަސައްކަތް ކުރުމާއި އެކު، ވޭދަނައިގެ މަސައްކަތުގެ އިތުރުން ކެއަރ ޕްލޭންގައި ހިމެނުފައިވާ ދާއިރާތަކުގެ ލަނޑުލަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭކަން ޔަޤީންކުރުން.
- އަމާންވެށީގައި ބަލަހައްޓަމުންދާ ކުދިންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުވާނޭހެން އެފަރާތްތަކާއެކު ވޭދަނައިގެ މަސައްކަތްކޮށް، ކޭސްފައިލްގައި ރެކޯޑް ޤަވާއިދުން ބެލެހެއްޓާކަން ކަށަވަރު ކުރުން
- އަމާންވެށީގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމާއި ތަރުބިއްޔަތު ކުރުމަށް ކޭސްވަރކަރ އިންނާއި ކުދިންބަލަހައްޓާ މުވައްޒަފުންނާއެކު މަސައްކަތްކުރުން.
- އަމާންވެށީގައި ބަލަހައްޓާ ކުއްޖަކަށް އެއްވެސް ކަހަލަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެއް ނުވަތަ އިހްމާލެއް ނުދިނުމަށާއި އެފަދަ އަނިޔާއެއް ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ ކުއްޖެއްގެ ފަރާތުން މަޢުލޫމާތު ލިބިއްޖެނަމަ އެކަން ވަގުތުން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
- އަމާންވެށީގައި ބަލަހައްޓާ ކުދިންނަށް ބޭނުންވާ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކޮށް އިތުރުކުރުމަށް ކެއަރޕްލޭންއާއި އެއްގޮތްވާ ގޮތުގެ މަތިން ކަމާ ގުޅުންހުރި އިދާރާތަކާއި އަމިއްލަ ފަރާތްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއެކު ޕްރޮގްރާމްތަކާއި ސެޝަންތައް ރާވައި ހިންގުމަށް ބޭނުންވާ ފަންނީ ލަފާ އަދި އިރުޝާދު ދިނުމާއި، މޮނިޓަރކުރުން.
- އަމާންވެށީގައި ބަލަހައްޓަމުންދާ ކުދިންގެ ހާލަތު ރަނގަޅުކޮށް، އެ އެކުދިން އަނބުރާ އާއިލާއާއި ހަވާލުކުރެވޭނެ ހާލަތަކަށް ރުޖޫޢަކުރުމުގެ މަސައްކަތުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއެކު މަސައްކަތްކުރުން.
- އަމާންވެށީގައި ބަލަހައްޓާ ކުދިންގެ އިމޯޝަނަލް ވެލްބީން ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ރޭވުމާއި، ރާވައި ހިންގުމަށް ބޭނުންވާ ފަންނީ ލަފާ އަދި އިރުޝާދު ދިނުމާއި، މޮނިޓަރކުރުން.
މަޤާމުގެ ޝަރުޠުތައް
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ކައުންސެލިންގ
- ސައިކޮލޮޖީ
- ސޯޝަލް ވޯރކް
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ސޯޝަލް ސާވިސަސް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޑިސެމްބަރު 2025 ގެ 13:00 ގެ ކުރިން،
- (careers@msfd.gov.mv) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.
- އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަރވިއު/ އިމްތިޙާން/ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު /ޕްރެޒެންޓޭޝަން އަދިއިމްތިޙާން އޮންނާނީ،25 ޑިސެމްބަރު 2025 އާއި 22 ޖަނަވަރީ 2026 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް،އުމަރު ޒާހިރު އޮފީސް ބިލްޑިން/ ހުޅުމާލެ (2ވަނަ ފަންގިފިލާ) ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
- އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027576 އަށެވެ. އީ-މެއިލް ކުރާނީ (careers@gender.gov.mv) އަށެވެ.
- ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.


