ވަޒީފާގެ ފުރުޞަޠު
ސީނިޔަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ

އިޢުލާނު
މައިގަނޑު ތަފްޞީލު
- މަޤާމުގެ ނަންބަރު: J-455538
- ބޭނުންވާ އަދަދު: 1 (އެކެއް)
- މަޤާމުގެ ގިންތި: ދާއިމީ
- މަޤާމުގެ ރޭންކު: ރޭންކް 7 - ސްޓެޕް 1
- މަޤާމުގެ ކްލެސިފިކޭޝަން: -
- ވަޒީފާ އަދާކުރަން ޖެހޭ ތަން: މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ، ހުޅުމާލެ
- ސެކްޝަން: އެލްޑަރލީ ޑިވިޜަން
- މުސާރަ: 12,261.00ރުފިޔާ
- މަގާމުގެ އެލަވަންސް: 5,721.00 ރުފިޔާ
- ހާޟިރީ އެލަވަންސް: 155.00 ރުފިޔާ
- އެހެނިހެން އެލަވެންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- މަޤާމުގެ ޝަރުޠުތައް: މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
- ޝޯޓްލިސްޓުކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ސެކްޝަނަށް ހުށަހެޅޭ ކޭސްތަކުގެ ތެރެއިން އެސައިންކުރެވޭ ކޭސްތައް ހަމަޖެހިފައިވާ އުސޫލުން އެންޓްރީކުރުމާއި، ކޭސްމެނޭޖްމަންޓް ސިސްޓަމަށް މައުލޫމާތު އެޅުމާއި، އިންޓޭކް ފުރުމާއި ފައިލް ތައްޔާރުކުރުމާއި، ކޭސް އެލޮކޭޓް ކުރުމަށް ބޭނުންވާނޭ އެންމެހައި ލިޔެކިއުންތައް ތައްޔާރުކުރުން.
- އެސައިންކުރެވޭ މައްސަލަތަކާ ގުޅޭ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- އެސައިންކުރެވޭ ކޭސްތަކާ ގުޅިގެން ސުޕަވައިޒަރުގެ ލަފައާއި އިރުޝާދުގެ ދަށުން އެފަރާތްތަކަށް ޒިޔާރަތްކޮށް އެސެސްމެންޓް ހަދަންޖެހޭ ފަރާތްތަކުގެ އެސެސްމެންޓް ހެދުމަށްފަހު، ޕްރޮސީޖަރ މެނުއަލްއާ އެއްގޮތަށް ކޭސްނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އެސައިން ކުރެވޭ މައްސަލަތަކުގެ ތެރެއިން (ނަފްސާނީ، ޖިންސީ، ޖިސްމާނީ، އަދި ގެވެށި އަނިޔާ) އާ ގުޅޭ ކޭސްތައް ސުޕަވައިޒަރުގެ މަޝްވަރާއާއެކު ކަމާގުޅޭ ދާއިރާތަކަށް ރިފަރކުރުން
- ކަމާގުޅޭ ދާއިރާތަކުން އެސެސްމެންޓް ހެދުމަށް ފޮނުވާ ކޭސްތަކުގެ ތެރެއިން އެސައިން ކުރެވޭ ކޭސްތަކަށް ހަދަންޖެހޭ އެސެސްމެންޓް ހެދުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެފަރާތްތަކާ ހިއްސާކުރުން
- އެސައިން ކުރެވޭ މައްސަލަތަކުގެ ތެރެއިން ކުރިއަށްދާ ކޭސްތަކުގައި ހިމެނޭ ފަރާތްތަކުގެ ޙާލަތު ހަމަޖެހިފައިވާ ޓައިމްލައިނާ އެއްގޮތަށް ބެލުމާއި، އެފަރާތްތަކުގެ ސްޓޭޓަސް އަޕްޑޭޓްކޮށް ސުޕަވައިޒަރާ މަޝްވަރާކޮށް، އެފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، އެހެނިހެން ދާއިރާތަކާއެކު ގުޅިގެން މަސައްކަތްކުރުމާއެކު އެފަދަ ފަރާތްތަކުގެ "އިޖުތިމާޢީ ހާލަތު އަންގައިދޭ އެސެސްމެންޓް" އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލުމާއި އަދި ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުން.
- މިނިސްޓްރީ އަށް ހުށަހެޅޭ ޢުމުރުން ދުވަސްވީ މީހުންގެ މައްސަލަތައް (ނަފްސާނީ، ޖިންސީ، ޖިސްމާނީ، އަދި ގެވެށި އަނިޔާ) ގެ މައްސަލަތަކާއި ގުޅިގެން ޢާއިލާތަކާ އެކު މަސައްކަތް ކުރުން، އަދި މިފަދަ މައްސަލަތަކުގައި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން ރައްކާތެރިކަން ފޯރުކޮށްދިނުން.
- ޑިއުޓީ ޓީމަށް ހުށަހެޅޭ އަވަސް މައްސަލަތަކުގެ ތެރެއިން އުމުރުންދުވަސްވީ މީހުންނާ ގުޅިގެން ސެކްޝަނަށް ފޮނުވޭކޭސްތަކަށް ސުޕަވައިޒަރުގެ ލަފައާއި އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކަށް ޒިޔާރަތް ކުރުމާއި އަދި މައްސަލަތަކާއި ގުޅިގެން އެފަރާތްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޢުމުރުން ދުވަސްވީ ފަރާތްތައް ބެލެހެއްޓުމުގައި ޢާއިލާތުގެ ތެރޭގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށްޓަކައި ޢާއިލާތަކާއެކު މަސައްކަތްކުރުމާއި، ފެމެލީ ކޮންފެރެންސް ބާއްވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުން
- ސެކްޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ނުވަތަ ހުށަހެޅޭ ޢުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ ކޭސްތަކާ ގުޅިގެން އަތޮޅުތެރެއަށް ދަތުރު ކުރަންޖެހޭ ހާލަތްތަކުގައި އެރަށްތަކަށް ދަތުރުކޮށް ހުށަހެޅޭ މައްސަލަތަކަށް ހައްލުހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
- އުމުރުން ދުވަސްވީ މީހުންނާއި ގުޅިގެން ފާހަގަކުރެވޭ ދުވަސްތަކާއި، ކުރިއަށް ގެންދެވޭ ސެޝަންތަކުގައި ސެކްޝަންގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން
- 65 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން މިމިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް އެދޭ އަދި ރަޖިސްޓްރީ ކުރެވިފައިވާ ދާންމަތިވެފައިވާ ފަރާތްތަކާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން
- ސެކްޝަނަށް ލިބޭ ކޭސްތަކާގުޅޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް ސެކްޝަންގެ ކޮންމެ މަހެއްގެ ރިޕޯރޓު ތައްޔާރުކުރުމަށް އެހީތެރިވުން
- މިނިސްޓްރީ އާއި އަދި ކަމާގުޅޭ އިދާރާތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި ސެކްޝަން ތަމްސީލުކުރަންޖެހޭ ހާލަތްތަކުގައި ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއި ލަފާގެ ދަށުން އެމަސައްކަތް ކުރުން.
- މިނިސްޓްރީއިން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީގެ ދަށުން ހިންގާ އެހެން އިދާރާ/ޑިޕަރޓްމަންޓް/ޑިވިޜަން/ސެކްޝަން/ޔުނިޓެއްގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި މަސައްކަތްކުރުން.
- މީގެ އިތުރުންވެސް މިނިސްޓްރީގެ މަސައްކަތާ ގުޅިގެން އިސްވެރިން ހަވާލު ކުރައްވާ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ކައުންސެލިންގ
- ސައިކޮލޮޖީ
- ސޯޝަލް ވޯރކް
މަޤާމުގެ ޝަރުޠުތައް
- މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ސޯޝަލް ސާވިސަސް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/DownloadFile/403
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޖުލައި 2026 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (careers@msfd.gov.mv) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
- އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 02 ޖުލައި 2026 އާއި 30 ޖުލައި 2026 އާ ދެމެދު، މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ ( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2 ވަނަ ފަންގިފިލާ ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
- އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ careers@msfd.gov.mv އަށެވެ.
- ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.


