މައި ކޮންޓެންޓަށް ދޭ
Ministry of Social and Family Development Logo
ވަޒީފާގެ ފުރުޞަޠު

ޗައިލްޑް ކެއަރ އެޓެންޑެންޓް ގްރޭޑް 1/ ހދ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރ/ ހދ. ކުޅުދުއްފުށި

Maldives Coat of Arms on a white background

އިޢުލާނު

މައިގަނޑު ތަފްޞީލު

  • މަޤާމުގެ ނަންބަރު: J-448627
  • ބޭނުންވާ އަދަދު: 01 (އެކެއް)
  • މަޤާމުގެ ގިންތި: ދާއިމީ
  • މަޤާމުގެ ރޭންކު: ޕީ.އެސް.އާރް 1 ސްޓެޕް 1
  • މަޤާމުގެ ކްލެސިފިކޭޝަން: -
  • ވަޒީފާ އަދާކުރަން ޖެހޭ ތަން: ހދ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރ/ ހދ. ކުޅުދުއްފުށި
  • ޑިވިޜަން/ ސެކްޝަން/ޔުނިޓް: ސޯޝަލް ސަރވިސް ޔުނިޓް
  • މުސާރަ: 8255.00 ރުފިޔާ
  • މަޤާމުގެ އެލަވަންސް: 2475.00 ރުފިޔާ
  • ޝޯޓްލިސްޓުކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
  • އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ،9 ޖުލައި 2026 އާއި 8 އޮގަސްޓް 2026 އާ ދެމެދު، ހދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައެވެ.

އެހެނިހެން އެލަވަންސް

  • ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  • ހާޟިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 65.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ތަޢާރުފާއި ނަން ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ވަގުތީގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން ޤާއިމްކޮށްފައިވާ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތްދޭ މަރުކަޒުތަކުގައި ނަގަހައްޓަން ޖެހޭ ހަމަތަކާއި އުސޫލު ތަކާއި އެއްގޮތަށް މަސައްކަތުގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާ ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ކޭސް މެނޭޖްމަންޓު ހެދުމުގައި ކޭސް ވޯކަރުންނަށް އެއްބާރުލުން ދިނުމާއިއެކު އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅެ، މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ޙައްލު ކުރުމުގައި އައު ގޮތްތައް ހޯދައި ނަތީޖާ ރަނގަޅު ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ކެއަރ ޕްލޭން ހެދުމުގައި، ކެއަރޕްލޭން ތަންފީޒް ކުރުމުގައި އަދި ފޮލޯއަޕް ހެދުމާއި ކުދިން ރީއިންޓަރގްރޭޓް ކުރެވޭ ޙާލަތުގައި ކޭސް ވޯކަރުން ހަވާލުކުރާ ކަންކަން ޕްރޮފެޝަނަލް ކަމާއެކު ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ވެލްފެއަރ ދުވަހުން ދުވަހަށް އިތުރުކުރުމަށްޓަކައި ކުދިންނަށް އަޅައިލުމުގެ ކަންކަން ކުރުމަށް ހަމަޖެހިފައިވާ ގޮތަށް އެއްވެސް ކުއްޖަކު ތަފާތުނުކޮށް އެކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ބިހޭވިއަރ މެނޭޖްމަންޓުގެ ނަޒަރަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާޞިލް ކުރުމަށްޓަކައި ކުދިންނަށް ދީނީ އަދި އަޚްލާޤީ ރަނގަޅު އާދަތައް ދަސްކޮށްދީ، ވާހަކަ ދެއްކުމުގެ އަދަބުތައް ދަސްކޮށްދީ، ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ހެޔޮގޮތުގައި ތަރުބިއްޔަތުކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ޞިއްޙަތާއި ގުޅޭގޮތުން ، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އިޖުރާޢަތުގެ ފަސްވަނަ ބައިގައި (ޞިއްހީ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތް) ކެއަރ ވޯކަރުންގެ ޒިންމާގެ ގޮތުގައި ހިމާނާއިފައިވާ އެންމެހާ ކަންކަން ޕްރޮފެޝަނަލް ކަމާއެކު ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ކާބޯތަކެތި ތައްޔާރުކުރުމާއި ގުޅޭގޮތުން އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އިޖުރާޢަތުގެ ހަވަނަ ބައިގެ 42 މާއްދާ ( ކާބޯތަކެތި ތައްޔާރުކުރާ މުވައްޒަފުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު) އަދި 43 ވަނަ މާއްދާ ( ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިންނަށް ކާންދިނުމުގައި ޢަމަލު ކުރާނެގޮތް) ހިމާނާއިފައިވާ އެންމެހާ ކަންކަން ޕްރޮފެޝަނަލް ކަމާއެކު ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ސާފުތާހިރުމާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައިޓަކައި އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އިޖުރާޢަތުގެ ހަތްވަނަ ބައިގައި (ސާފުތާހރިރުމާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި ޢަމަލުކުރަންޖެހޭ ގޮތް) ކެއަރ ވޯކަރުންގެ ޒިންމާގެ ގޮތުގައި ހިމާނާއިފައިވާ އެންމެހާ ކަންކަން ޕްރޮފެޝަނަލް ކަމާއެކު ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ކުދިންގެ އެޑިއުކޭޝަން ޕްލޭންގައި (ރަސްމީ ތަޢުލީމާއި، ޓިއުޝަން ދިނުމާއި، ދީނީ އަދި އަޚްލާޤީ އާދަ ކާދަތައް) ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާޞިލް ކުރުމަށްޓަކައި ކެއަރ ވޯކަރާއި ހަވާލުކުރެވޭ އެންމެހާ ކަންކަން އެކަމެއް ނިންމަންޖެހޭ މިންވަރަށް، ފެންވަރަށް އަދި ކަނޑައަޅާ މުއްދަތަށް ނިންމުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ކޭސްވޯކަރުންގެ އިރުޝާދާއި އެކު ކުރިޔަށް ގެންދިއުމާއި މިކަމަށް ބޭނުންވާނޭ އިތުރު މަޢުލޫމާތާއި ހުނަރުތައް އުނގެނުމަށްޓަކައި މަސައްކަތްކޮށް އެކަމަށް ފުރުސަތު ހޯދުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ތެރެއިން ޚާއްސައެހީތެރިކަމެއް ބޭނުންވާ ކުދިންނަށް އެކުދިންގެ ކަންކަން ކުރުމަށްޓަކައި މަރުކަޒުން ހަމަޖައްސާފައިވާ އިންތިޒާމާއި އެއްގޮތަށް އެންމެހާ މަސައްކަތް ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އެކުދިންގެ ޢާއިލާއާ ގުޅުން ބަދަހިކުރުމުގެ ކަންކަން ކޭސްވޯކަރގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިއުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ކެއަރ ޕްލޭނާއި އެއްގޮތަށް އެކަމެއް ނިންމަންޖެހޭ މިންވަރަށް، ފެންވަރަށް އަދި ކަނޑައަޅާ މުއްދަތަށް ނިންމުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ކަންކަން މޮނިޓަރ ކުރުމަށް މަރުކަޒުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް މޮނިޓަރ ކުރުން.
  • އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އިޖުރާޢަތުގެ ބަޔާންކޮށްފައިވާ ގޮތަށް "ޑޭ ބުކް"(ޑިއުޓީގައި ހިނގާ ކަންކަން ލިޔާފޮތް) ލިޔުމާއި ޑިއުޓީ ހޭންޑްއޯވަރ ދިނުން.
  • މިނިސްޓްރީގެ މަޤުޞަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި މިނިސްޓްރީ އިން ކުރިޔަށް ގެންދާ ޓްރެއިނިން ޕްރޮގްރާމް ތަކުގައި ބައިވެރި ވުމާއި މަސައްކަތުގެ ދާއިރާ އާއި ގުޅޭ ގޮތުން ތަސްދީގު ކޮށްފައިވާ ޤާނޫނު ތަކާއި ހެދިފައިވާ ޤަވާޢިދު އަދި އުސޫލުތަކަށް އަހުލުވެރިވުން އަދި މަސައްކަތުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅެ، މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ޙައްލު ކުރުމުގައި އައު ގޮތްތައް ހޯދައި ނަތީޖާ ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަން.
  • ވަޒީފާގެ ރަސްމީ މަސައްކަތުގައި އުޅޭ އިރު ކަނޑައެޅިފައިވާ ޤަވާއިދުތަކާޢި އެއްގޮތަށް ހެދުން އެޅުމާއި، ދިވެހި ސިވިލް ސަރވިސްގެ އަބުރާއި އިއްޒަތާއި ޝަރަފާއި ޤަދަރު ހިފެހެއްޓޭނޭ ގޮތަކަށް އުޅުމާއި ގުޅުން ބެހެއްޓުން.
  • މިނިސްޓްރީގެ މަޤުޞަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި މިނިސްޓްރީ އިން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީގެ ދަށުން ހިންގާ އެހެން އިދާރާއެއްގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި މަސައްކަތްކުރުން.
  • މަސައްކަތުގެ މުވައްޒަފެއް އަދާ ކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމުގައި ކުރާ ކަންކަމާއި، ހިންގާ ހަރަކާތްތަކުގައި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ފަހިވާގޮތަށް އެއްވެސް ކަމެއް ނުކުރުމާއި ދައުލަތުގެ ސިއްރު ކަމުގައި ހިމެނޭ ނުވަތަ ދައުލަތުގެ ސިއްރު ކަމުގައި ބެލެވިދާނޭ އެންމެހައި ކަންކަމާއި، ލިޔެކިޔުމާއި، ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފަހައްޓުން.
  • މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތް އެކަމެއް ނިންމަންޖެހޭ މިންވަރަށް، ފެންވަރަށް އަދި ކަނޑައަޅާ މުއްދަތަށް ނިންމުން.

މަޤާމުގެ ޝަރުޠުތައް

  • ލިޔަން ކިޔަން އެނގުން
  • ނުވަތަ،
  • މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ޝަރުޠުތައް

  • މަޤާމުގެ ތަޢުލީމީ ރޮނގުތައް:
  • ނެތް

މަޤާމުގެ ޝަރުޠުތައް

  • މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
  • ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.
  • އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) Annex 2 - Application form1pnd4eve.a2u.docx
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
    1. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
    2. ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
    1. ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    2. ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    3. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    4. ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
    5. ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 ޖުލައި 2026 ގެ 13:00 ގެ ކުރިން،
  • (careers.hdh.fcsc@msfd.gov.mv) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ. އަދި ޙދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުމުންވެސް ފޯމް ބަލައިގަނެވޭނެއެވެ.
  • އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

  • އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027576 އަށެވެ. އީ-މެއިލް ކުރާނީ (careers.hdh.fcsc@msfd.gov.mv) އަށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

މިޢިއުލާނާ ގުޅުންހުރި ލިންކްތައް

  1. 1. https://gazette.gov.mv/iulaan/400144

މިޢިއުލާނާ ގުޅުންހުރި ފައިލްތައް

  1. 1. Annex 3 - Screening results sheet signed .pdf